
"ކުދިންނަށް ކުޅިވަރު، މައިންބަފައިންނަށް ހަމަޖެހުން": ފުވައްމުލަކުގައި އާއިލާޔާ އެންމެ ރައްޓެހި މާހައުލެއް އޮތީ ތްރެޝަރ ކެފޭގައި
މުޅިން ތަފާތު ކޮންސެޕްޓަކަށް ހިންގާ ތްރެޝާރ ކެފޭއަކީ މިވަގުތު ފުވައްމުލަކުގައި ހުރި އެންމެ އާއިލާތަކާ ރައްޓެހި ކެފޭއެވެ. ތްރެޝަރ ކެފޭ ޙާއްސަ ވަނީ އެ ތަނުގެ މީރު ރަހަތަކުން އެކަންޏެއް ނޫނެވެ. މައިން ބަފައިން ކުދިންނާއެކު އުފާވެރި ވަގުތުކޮޅެއް ހޭދަކޮށްލަން އެންމެ ހިއްގައިމު މާހައުލެއް މިވަގުތު ފުވައްމުލަކުން ފަހިވެފައިއޮތީ ތްރެޝާރކެފޭއިން ކަމަށްވުމެވެ. ކުޑަކުދިންނަށް ޚާއްސަ "ޕްލޭއޭރިޔާ"އެއް ހިމެނޭގޮތައް ފަރުމާކުރެވިފައިވާ މި ކެފޭގައި ކުދިންނަށް ހިތްހަމަޖެހޭ އުފާވެރި ވަގުތުތަކެއް "ޕްލޭއޭރިއާ"ގައި ހޭދަކުރެވެން އޮތް އިރު. މައިން ބަފައިންނަށް ކުދިން ފެންނަ ހިސާބުގަ ތިބެގެން ކެއުމަށް އިންސާފްކޮށްލަން ފުރުސަތު ލިބިގެންދާނެއެވެ.
ފުވައްމުލަކު ދަޑިމަގު، ގެންމިސްކިތްމަގު ގައި ހުންނަ މި ކެފޭއަކީ ކުޑަކުދިންގެ އުފަންދުވަސް ފާހަނގަ ކުރުމަށާއި ކުދި ޕާޓީތައް ބޭއްވުމަށްވެސް ވަރަށް ހިތްގައިމު މާހައުލެކެވެ. ތްރެޝާރ ކެފޭއިން މައުލޫމާތު ދޭގޮތުގައި މި ކެފޭގެ އެންމެ ޚާއްސަ އެއް ސިފަ ކަމުގައިވާ "ޕްލޭއޭރިއާ" ފަރުމާ ކުރެވިފައިވާނީ ޒަމާނީ ވަސީލަތްތައް ބޭނުންކޮށްގެން ކުޑަކުދިން ކުޅެން އުޅުމުގެ ތެރޭގައި ވެއްޓި އަނިޔާވުން ނާދިރު ގޮތަށެވެ.
މީގެ އިތުރުންވެސް ތްރެޝާރ ކެފޭ އިން މައުލޫމާތު ދޭ ގޮތުގައި އެފަރާތުން އެންމެ އިސްކަންދޭ ކަމަކީ އެތަނުން ތައްޔާރު ކުރެވޭ ކާތަކެއްޗަކީ ސާފުތާހިރުކަމާއިއެކު ކަސްޓަމަރުން ބޭނުންވާ ފެންވަރުގައި ބޭނުންވާ ރަހަތަކާއެކު ފޯރުކޮށްދެވޭ ތަކެތި ކަމުގައި ހެދުމެވެ. އެކަން ޔަގީން ކުރުމައްޓަކައި އެ ކެފޭގައި މަސައްކަތްކުރާ ޝެފުން އަބަދުވެސް މަސައްކަތް ކުރާކންވެސް އެފަރާތުން ފާހަނގަކުރެއެވެ. ތްރެޝާރގެ މީރު ރަހަތައް ގޭގެ ސުފްރާމަތީގައިވެސް ކެވޭނެ އިންތިޒާމް އޮތީ ހަމަޖެހިފައެވެ އެގޮތުން 7978989 އަށް ގުޅާލުމުން ރަށުގެ ކޮންމެ ހިސާބަކަށްވެސް ފިސާރި އަވަސްމިނުގައި ލިބިގެންދާނެއެވެ. ރޭގަނޑު 1:00 ޖެހުމާއި ހަމަޔަށް ކަސްޓަމަރުންގެ ޑެލިވަރީ އޯޑަރުތައް ނަގާގޮތަށް ވެސް ވަނީ ހަމަޖެހިފައެވެ.
ކަސްޓަމަރުންގެ މަގުބޫލުކަން މިވީ ކުޑަ ދުވަސްކޮޅުގެ ތެރޭގައި ހޯދާފައިވާ ތްރެޝަރގެ ބައެއް ރަހަތަކަށް ބަލާއިރު ބާގާ، ޕިއްޒާ، ކްރިސްޕީ ޗިކެންފިންގާސް ފާހަނގަކޮށްލެވެއެވެ. މީގެ އިތުރުންވެސް ރައްޓެހިންނާއި އާއިލާއާއެކު މެންދުރު އަދި ރޭގަނޑުގެ ފަރިކޮޅަކަށް ކަމުދާނެ ގިނަ އައިޓަމްތަކެއް ތްރެޝާރގެ މެނޫގައި ހިމެނިފައިވެއެވެ. ތްރެޝާރގެ ކާތަކެތި އަދި ބުއިންތަކުގެ މެނޫ ތައްޔާރު ކުރުމުގައި އެންމެ އިސްކަމެއްދީފައި ވާނީ ކަސްޓަމަރުންނަށް ވީހާވެސް ކަމުދާނެ ބާވަތްތަކެއް މެނޫގައި ހިމެނުމަށް ކަންވެސް ތްރެޝާރ އިން ފާހަނގަކުރެއެވެ. މީގެ އިތުރުންވެސް އޭސީގެ ފިނި ކަމާއެކު ކެއުމަށް އިންސާފުކުރަން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު އަދި ގުދުރަތީ މާހައުލުގެ ފެހި ކަމާއި ސާފުވައިގެ ތެރޭގައި ކެއިމަށް އިންސާފުކުރަނ ބޭނުންފުޅުވާ ފަރާތްތަކަށް އެފުރުސަތުވެސް ތްރެޝަރ އިން ލިބިގެންދާނެއެވެ.
އެހެންކަމުން ކުރިޔަށް އޮތް ހަފްތާ ބަނދުގައި އާއިލާގޮވައިގެން ދާންވީ ތްރެޝާރގެ ހިތްގައިމު ކުދިންނަށް ހިންހަމަޖެހުން ލިއްބައިދޭނެ މާހައުލަށެވެ. ނުވަތަ ބައިވެރިޔާއާއި އެކު ހިތްގައިމު ރަހަމީރު ރޭގަނޑުގެ ފަރިއްކޮޅަކަށް އިންސާފުކޮށްލަން ފުވައްމުލަކުގައި ހުރި އެންމެ ރަނގަޅު ރެސްޓޯރެންޓަކީ ތްރެޝަރކެފޭއެވެ.
