ޓްރެންޑިންގLoading...
Logo
ފުވައްމުލަކު ބަހުރުވައިން ލިޔެފައިވާ ކުޑަކުދިންނަށް ޚާއްސަ ކުރުވާހަކަ " ބެޅަލްގެ ބެރަލް ރަސްމީކޮށް ނެރެފި
ޚަބަރު

ފުވައްމުލަކު ބަހުރުވައިން ލިޔެފައިވާ ކުޑަކުދިންނަށް ޚާއްސަ ކުރުވާހަކަ " ބެޅަލްގެ ބެރަލް ރަސްމީކޮށް ނެރެފި

August 23, 2026ކިފާހް260

ފުވައްމުލަކު ބަހުރުވައިން ލިޔެފައިވާ ކުޑަކުދިންނަށް ޚާއްސަ ކުރުވާހަކަ " ބެޅަލްގެ ބެރަލް ރަސްމީކޮށް ނެރެފިއެވެ. އިއްޔެ ހަވީރު 4:00 ގައި ފުވައްމުލަކު ކަނދޮވަލި އަތިރީގައި ބޭއްވި ރަސްމިއްޔާތެއްގައި މިފޮތުގެ ފުވައްމުލަކު ބަހުރުވައިން ލިޔެފައިވާ ކޮޕީ ނެރެ ދެއްވީ ފުވައްމުލައްސިޓީގެ މޭޔަރ އިސްމާއިލް ރަފީޤްއެވެ. ފުވައްމުލަކު ބަހުރުވައިގެ އިތުރަށް އިނގިރޭސިން އަދި ރަސްމީބަހުން މިފޮތްވަނީ ޝާއިޢު ކުރެވިފައެވެ.

މިފޮތް ލިޔުއްވާފައިވަނީ، ދަށޮކުބައިގޭ މޫސާ މުސްތަފާއާއި ފުވައްމުލަކު ދީދާރުގޭ އާއިޝަތު މުނީރާގެ އަބްދުﷲ އާސިފް މުސްތަފާއެވެ. މާއިރި ނޫސްއާ ވާހަކަ ދައްކަމުން އާސިފް ވިދާޅުވީ ފުވައްމުލަކު ބަހުރުވައިން ރަސްމީކޮށް އެންމެ ފުރަތަމަ މިގޮތަށް ނެރެވުނު މިފޮތުން ކުދިންނަށް ލިބެންބޭނުންވާ އިބުރަތަކީ ލިބިފައި އޮންނަ ފަސޭހައެއް ނުވަތަ ގަބޫލްކުރާ ގަބޫލްކުރުމެއް ދެމެހެއްޓުމައްޓަކައި ބުރަ މަސައްކަތް ކުރަންޖެހޭނެކަމެވެ. މިފޮތް ޚާއްސަ ކުރެވިފައިވަނީ ހަތް އަހަރާއި ނުވަ އަހަރާ ދެމެދުގެ އުމުރުފުރައިގެ ކުދިންނަށް ކަންވެސް އާސިފް ފާހަނގަކުރެއްވިއެވެ.

ފުވައްމުލަކު ބަހުރުވައިން ފޮތެއް ލިޔަން ބޭނުންވި ސަބަބާއި ގުޅޭގޮތުން އާސިފް ވިދާޅުވީ، އާސިފް އުފަންވީ މާލެއަށް ކަމަށާއި އުމުރުގެ ކުރީކޮޅުގެ ދުވަސްތައް ހޭދަކުރީ މާލޭގައި ކަމަށް ވުމުން ރަށުބަހުރުވައިން އޭރު ވާހަކަ ދައްކަން ނޭނގޭކަމަށާއި ރަށަށް ބަދަލުވިތާ ކުރީކޮޅު މަންމަ އާއި ބައްޕަޔާ މުޚާތަބުކޮށް އުޅެންވެސް ޖެހުނީ މާލޭބަސް ނުވަތަ ރަސްމީ ބަހުން ކަމަށެވެ. އެހެންކަމުން ރަށުބަހުރުވަޔާ ދުރުކަމުގެ އިހްސާސް އޭރުވެސް ކުރެވޭ ކަމަށާއި އެހެންކަމުން ފުވައްމުލަކުބަހުރުވަ ދިރުވާ އާލާކޮށް އަންނަން އޮތް ޖީލްތަކާއި ހަމަޔަށް ގެންދިޔުމުގެ ނިޔަތުގައި ކުރި މަސައްކަތެއް ކަމަށެވެ.

މީގެއިތުރުން އާސިފްވިދާޅުވީ ސީރީސް އެއް ގޮތަށް މިފަދަ ފޮތްތަކެއް ނެރެން ގަސްދުކޮށްފައިވާ ކަމަށާއި އެހެންކަމުން ކުރިޔަށް އޮތްތަނުގައި ފުވައްމުލަކު ބަހުރުވައިން އިތުރު ފޮތްތަކެއް އާސިފް ނެރެން ގަސްދުކުރާ ކަމުގައެވެ. މިފޮތުގައިވާ ކުރެހުންތައް ކުރަހާފައިވަނީ ޝެނީން އަބްދުﷲއެވެ. އަދި މިފޮތް ޝާއިޢުކޮށްފައިވަނީ "ތަކެތި" އިންނެވެ.

ޙިއްޞާ ކުރާ:

ފޮލޯ ކުރައްވާ