ޓްރެންޑިންގLoading...
Logo
އިންޓަރ އޮފީސް ބެޑްމިންޓަން މުބާރާތުގެ ފައިނަލްގެ ދެވަނަ ޖާގަ އެސް.ޓީ.އޯ އާރު.ސީ އަށް
ކުޅިވަރު

އިންޓަރ އޮފީސް ބެޑްމިންޓަން މުބާރާތުގެ ފައިނަލްގެ ދެވަނަ ޖާގަ އެސް.ޓީ.އޯ އާރު.ސީ އަށް

August 24, 2026ކިފާހް59

ފުވައްމުލައް ސިޓީކައުންސިލް އިންޓަރ އޮފީށް ބެޑްމިންޓަން މުބާރާތުގެ ފައިނަލްގެ ދެވަނަ ޖާގަ އެސް.ޓީ.އޯ އާރު.ސީ އިން ކަށަވަރުކޮށްފިއެވެ. އެސް.ޓީ.އޯ އާރު.ސީ އިން މި ޖާގަ ކަށަވަރުކުރި އިއްޔެ ކުޅުނު ގްރޫޕް ސްޓޭޖްގެ ފަހުމެޗުގައި ކްލަބް ވެމްކޯގެ މައްޗަށް 3-2 އިން ކާމިޔާބު ހޯދައިގެންނެވެ.

މި މެޗުގެ ފުރަތަމަ ފިރިހެން ޑަބަލްސްގައި ވެމްކޯގެ ވިސާލް އަހްމަދާއި އާފާގް އަލީ އެސް.ޓީ.އޯގެ އަހްމަދު ނަވީޒް އާއި މުހައްމަދު ނަސީރުގެ މައްޗަށް ކުރި ހޯދީ ސީދާ ދެސެޓުންނެވެ. އެއީ 15-21 އަދި 04-21 އިންނެވެ. މެޗުގެ ފުރަތަމަ އަންހެން ޑަބަލްސް ކާމިޔާބުކުރީ އެސް.ޓީ.އޯ އިންނެވެ. އެސް.ޓީ.އޯގެ ޒުލްފާ މުޙައްމަދު އާއި ޚަދީޖާ މުޙައްމަދު، ވެމްކޯގެ އާމިނަތު ނަޒްރާ އާއި ފާތިމަތު އާމިރާގެ މައްޗަށް ކާމިއާބު ހޯދީ ސީދާ ސެޓޫންނެވެ. އެއީ 21-09 އަދ 21-11 އިންނެވެ.

މެޗުގެ ދެވަނަ ފިރިހެން ޑަބަލްސްގައި އެސް.ޓީ.އޯ ގެ އަހްމަދު އާސިމް އާއި އަހްމަދު ނަވީޒް ވެމްކޯގެ އާފާގް އަލީ އާއި އައްބާސް އިބްރާހިމްގެ މައްޗަށް ކުރި ހޯދީ ސީދާ ދެ ސެޓުންނެވެ. އެއީ 22-11 އަދ 22-20 އިންނެވެ. މެޗުގެ ދެވަނަ އަންހެން ޑަބަލްސްގައި ވެމްކޯގެ އާމިނަތު ނަޒަރާ އާއި އާމިނަތު އަރީޝާގެ މައްޗަށް އެސް.ޓީ.އޯ.ގެ ޚަދީޖާ މުހައްމަދު އާއި އައިމިނަތު ސައީދު ކުރި ހޯދީ ސީދާ ދެސެޓުންނެވެ އެއީ 21-17 އަދި 21-13 އިންނެވެ. މެޗުގެ މިކްސް ޑަބަލްސް އެސ.ޓީ.އޯ އިން ވަނީ ދޫކޮށްލާފައެވެ. އެހެންކަމުން މެޗު ނިމުނީ 2-3 އިން އެސް.ޓީ.އޯ ޓީމު މޮޅުވެގެންނެވެ.

އެސް.ޓީ.އޯ އާރު.ސީ އާއި ފެނަކަ ފުވައްމުލައް ބައްދަލުކުރާ މުބާރާތުގެ ފައިނަލްމެޗު އޮންނާނީ 25 އޯގަސްޓް 2026 ވާ އަންގާރަ ދުވަހުއެވެ. މެޗު ފެށޭ ގަޑިއަކީ ހަވީރު 16:15 އެވެ.

ޙިއްޞާ ކުރާ:

ފޮލޯ ކުރައްވާ