ޓްރެންޑިންގLoading...
Logo
ވެސްޓްރޭޑް ބޮޑުބެ ޗެލެންޖް 2026 ގެ ޗެމްޕިއަންކަން ހޯދަޑު ސްޕޯޓްސް އިން ހޯދައިފި
ކުޅިވަރު

ވެސްޓްރޭޑް ބޮޑުބެ ޗެލެންޖް 2026 ގެ ޗެމްޕިއަންކަން ހޯދަޑު ސްޕޯޓްސް އިން ހޯދައިފި

August 25, 2026ކިފާހް39

ރޭ ކުޅެވުނު ފޯރިގަދަ ފައިނަލްމެޗުން ހޯދަޑު ސްޕޯޓްސް އިން ކާމިޔާބުކުރީ އައްޔަނި އެސް.ސީ އާ ކުޅުނު ފޯރިގަދަ ފައިނަލް މެޗު ދެލަނޑު ދެލަނޑޫން  އެއްވަރުވުމުން ޕެނެލްޓީ ޖަހައިގެން ހަ ލަނޑު ހަތަހަރު ލަނޑުންނެވެ. ރޭ 21:00 ގައި ވެށި ފައިނަލް މެޗުގެ ފުރަތަމަ ދެގޯލްވެސް ކާމިޔާބުކުރީ އައްޔަނި އެފް.ސީއިންނެވެ. މެޗުގެ 13 ވަނަ މިނިޓުގައި ސެޓް ޕީށްއެއްގައި އެ ޓީމުގެ ފުރަތަމަ ގޯލް ކާމިޔާބުކޮށްދިނީ އަޒްޔާން އަހްމަދެވެ. ދެވަނަގޯލް މެޗުގެ 19 ވަނަ މިނިޓުގައި ދުރުން ބާރަށް ގޯލާދިމާލަށް ފޮނުވާލި ހަމަލާއެއްގައި ކާމިޔާބުކޮށްދިނީ މުޙައްމަދު އިމްރާ(އިންމަ)އެވެ. މަތީ ދަނޑީގައި ޖެހިފައި ބޯޅަ ނުކުތުމުން ރެފްރީން މި ގޯލާއި ދޭތެރޭގައި ގޮތެއް ނިންމާފައިވަނީ ވީޑިއޯ އެސިސްޓެންސްގެ އެހީގައެވެ.

މިގީލް ޖެހިތާ މަދު ސިކުންތުކޮޅެއްގެ ގެ ތެރޭގައި ހޯދަޑު ސްޕޯޓްސް ގެ އަހްމަދު ހަމީދު (އައްނަޑޭ)ވަނީ ގޯލެއް ކާމިޔާބުކޮށްދީފައެވެ. މެޗުގެ ފުރަތަމަހާފް ނިމުނީ މި ސްކޯގައެވެ. ފޯރިގަދަ ވާދަވެރި މޮޅުކުޅުމެއް ދެޓީމުގެ ފަރާތުންވެސް ފެނިގެންދިޔަ މިމެޗުގައި ހޯދަޑު ސްޕޯޓްސް އަށް މެޗުގެ ނަތީޖާ ހަމަހަމަ ކޮށްދިނީ އެ ޓީމުގެ އަހްމަދު އިސާމްއެވެ. މި ލަނޑަކީ އެ ޓީމުގެ ކެޕްޓަން އާރިފް އަހްމަދުގެ އިންޑިވިޖުއަލް ހުނަރު ވަރަށް ބޮޑަށް ފެނިގެންދިޔަ ގޯލެކެވެ. މި ނަތީޖާއާއި އެކު އެއްވަރު ވުމުން މެޗުގެ ނަތީޖާ ނެރުނީ ޕެނަލްޓީ ޖަހައިގެންނެވެ އެގޮތުން އައްޔަނި އެފްސީގެ ޕެނަލްޓީތައް އަލީ ޝަމާލް އަބްދުﷲ، ހުސެއިން ޝަރީފް (އޮންލީ) ގައުމީ ފުޓްސަލް ޓީމް ކެޕްޓަން މުޙައްމަދު އިމްރާން އަދި ޝަނާން ރަޝާދު އެވެ. މީގެ ތެރެއިން އޮންލީ ޖެހި ޕެނެލްޓީ ހޯދަޑު ސްޕޯޓްސްގެ ކީޕަރު އިމްރާން މުޙައްމަދު މަތަކުރި އިރު، މިޕެނެލްޓީ ޖެހި ވަގުތު އަޝްރަފް ގޯލްލައިންއަށްވުރެ ކުރިޔަށް ނުކުމެފައިވާ ކަމަށް ބެލެވޭތީ ވީޑިއޯ އެސިސްޓެންސް ހޯދާފައިވެއެވެ. ވީޑިއޯ ބެލުމަށްފަހު ރެފްރީ ނިންމެވީ އަޝްރަފް ގޯހެއް ހަދާފައިނުވާ ކަމުގައެވެ. މީގެ އިތުރުން އިންމަ ޖެހި ޕެނެލްޓީ ދިޔައީ ހުރަސް ދަނޑި މަތިން ބޭރަށެވެ. ހޯދަޑު ސްޕޯޓްސްއިންވަނީ އެ ޓީމުންޖެހި ހުރިހާ ޕެނެލްޓީއެއްވެސް ކާމިޔާބުކޮށްފައެވެ. އެ ޓީމަށް ޕެނަލްޓީ ޖަހައި ދިން ކުޅުންތެރިންނަކީ އާރިފް އަހްމަދު، އަހްމަދު އަފްލާޒް،އަލީ ޝިޔާހް، އަދި މުޙައްމަދު އިސާމްއެވެ. ފައިނަލް މެޗުގެ މޮޅުކުޅުންތެރިޔާގެ މަގާމު ހޯދީ ހޯދަޑު ސްޕޯޓްސްގެ ކީޕަރު އަޝްރަފް އަބްދުﷲ އެވެ.

ފައިނަލްމެޗު ނިމުމުން މުބާރާތުގެ މަގާމުތައް ހޯދި ކުޅުންތެރިންނަ ށާޢި ވަނަ ހޯދި ޓީމުތަކަށް ތައްޓާ ހަނދާނީ ލިޔުން އަދި ޝިލްޑް ހަވާލުކޮށްފައިވެއެވެ. މުބާރާތުގެ އެންމެ އުންމީދީ ކުޅުންތެރިއާގެ މަގާމު ހޯދަޑު އެކަޑަމީގެ ޔޫނުސް އަބްދުﷲ މުފަދު ހޯދިއިރު މުބާރާތުގެ ފެއަރޕްލޭ ޓީމަކީ ގަލޯނާ ސްޕޯޓްސް ކްލަބެވެ. އަދި ބެސްޓް ސަޕޯޓަރސް ޓީމަކީ ހޯދަޑު ސްޕޯޓްސް ކްލަބެވެ.

މުބާރާތުގެ އެންމެމޮޅު ފަސް ކުޅުންތެރިންގެ ތެރޭގައި ހިމެނިފައިވަނީ އައްޔަނި އެފްސީގެ އަލީ ޝަމާލް އަބްދުﷲ، ހުސެއިން ޝަރީފް(އޮންލީ) އަދި ހަމަ އެ ޓީމުގެ ޝަނާން ރަޝާދުގެ އިތުރުން ހޯދަޑު ސްޕޯޓްސްގެ ކީޕަރު އަޝްރަފް އަބްދުﷲ އަހްމަދު އަފްލާޒް އެވެ. މުބާރާތުގެ އެންމެ މޮޅު ކޯޗަކަށް ހޯދަޑު ސްޕޯޓްސްގެ ކޯޗް އަލީ އަންޝާދު ހޮވުނު އިރު މުބާރާތުގެ އެންމެ ގިނަޖޯލް ޖަހައިގެން ރަންބޫޓް ދެ ކުޅުންތެރިޔަކަށް ލިބިފައިވެއެވެ. އެއީ ހޯދަޑު ސްޕޯޓްސްގެ އަހްމަދު އަފްލާޒް އާއި ޔުނައިޓެޑް ދިގުވާނޑުގެ ބައްސާމް މުޙައްމަދު ނައީމްއެވެ.

މުބާރާތުގެ މޮޅުކުޅުންތެރިޔާ ނުވަތަ ކިންގް ގެ ގޮތުގައި ހޮވިފައިވަނީ ހޯދަޑު ސްޕޯޓްސްގެ އަހްމަދު އަފްލާޒްއެވެ. މި މުބާރާތަކީ ފުވައްމުލަކުގައި ބޭއްވޭ އެންމެ އަގުބޮޑު މުބާރާތެވެ. އެގޮތުން ޗެމްޕިއަންޓީމަށް 50،000 (ފަންސާސް ހާސް) ރުފިޔާ އަދި ރަނާރއަޕް ޓީމަށް 25،000 (ފަންސާވީސް ހާސް) ރުފިޔާ ލިބިފައިވެއެވެ. މުބާރާތް ނިންމުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަމުން މުބާރާތުގެ އޯގަނައިޒިން ޓީމުގެ ފަރާތުން ހަސަން މުތީއު ވިދާޅުވީ އަންނަ އަހަރުގެ މެއިމަސް ތެރޭގައި މުބާރާތުގެ ތިނވަނަ އެޑިޝަން ބޭއްވުމަށް ވިސްނާފައިވާ ކަމަށާއި ހަގީގަތުގައި މިބުނާ ފުވައްމުލަކުގައި ބޭއްވޭ އެންމެ ބޮޑު ފުޓްސެލް މުބާރާތުގެ އަސްލު އިރާދަކުރެއްވިޔާ އެ މުބާރާތުން ފެނިގެންދާނެ ކަމުގައެވެ.

ޙިއްޞާ ކުރާ:

ފޮލޯ ކުރައްވާ