ޓްރެންޑިންގLoading...
Logo
އިންޓަރ އޮފީސް ބެޑްމިންޓަން މުބާރާތުގެ ޗެމްޕިއަންކަން ފެނަކަ ފުވައްމުލަކުން ހޯދައިފި
ކުޅިވަރު

އިންޓަރ އޮފީސް ބެޑްމިންޓަން މުބާރާތުގެ ޗެމްޕިއަންކަން ފެނަކަ ފުވައްމުލަކުން ހޯދައިފި

August 26, 2026ކިފާހް38

ފުވައްމުލައް ސިޓީކައުންސިލް އިންޓަރ އޮފީސް ބެޑްމިންޓަން މުބާރާތުގެ ޗެމްޕިއަންކަން ފެނަކަ ފުވައްމުލަކުން ހޯދައިފިއެވެ. ފެނަކަ ފުވައްމުލައްޓީމުން މުބާރާތުގެ ޗެމްޕޮއަންކަން ހޯދީ އިއްޔެ ހަވީރު އެސް.ޓީ.އޯ އާރް.ސީ އާއި ކުޅުނު ފައިނަލް މެޗު 3-1 އިން ކާމިޔާބުކޮށްގެންނެވެ.

މެޗުގެ ފުރަތަމަ މެންސް ޑަބަލްސް ފެނަކަ ފުވައްމުލަކުގެ އަބްދުﷲ ނާސިރު އަހްމަދު އާއި އަލީ މަސީހް ކާމިޔާބު ކުރީ އެސްޓީއޯގެ މުހައްމަދު ނަވީޒް އާއި އަހްމަދު ނަސީރްއަލީގެ މައްޗަށް ސީދާ ދެސެޓުންނެވެ. އެއީ 21-19 އަދު 21-09 އިންނެވެ. މެޗުގެ ފުރަތަމަ އަންހެން ޑަބަލްސް ކާމިޔާބުކުރީ އެސް.ޓީ.އޯ އާރު.ސީ އިންނެވެ. އެސް.ޓީ.އޯގެ ޚަދީޖާ މުހައްމަދު އާއި ޒުލްފާ މުޙައްމަދު ފެނަކަ ޓީމުގެ އާއިޝަތު އިބްރާހިމް އާއި މަރިޔަމް ދިޔާނާގެ މައްޗަށް ކުރިހޯދީ ތިން ސެޓް އެއް ސެޓުންނެވެ. އެސްޓީއޯގެ. މި ޓައިގެ ފުރަތަމަ ސެޓް ފެނަކައިން 21-18 އިން ކާމިޔާބުކޮށްފައި ވަނިކޮށް ދެންކުޅުނު ދެ ސެޓް އެސް.ޓީ.އޯ އިން ކާމިޔާބުކުރީ 21-23 އަދި 15-21 އިންނެވެ.

މެޗުގެ ދެވަނަ ފިރިހެން ޑަބަލްސްގައި ފެނަކަ ޓީމުގެ އަބްދުﷲ ނާސިރު އަހްމު އާއި އަހްމަދު ރަޝީދު ބައްދަލުކޮށް އެސް.ޓީ.އޯގެ އަހްމަދު އާސިމް އާއި އަހްމަދު ނަވީޒަށް ނާކާމިޔާބު ވީ 3-1 އިންނެވެ. ފެނަކަ ޓީމަށް މެޗު ކާމިޔާބުވި ދެވަނަ އަންހެން ޑަބަލްސް އެޓީމުގެ އައިޝަތު އިބްރާހިމް އާއި އާމިނަތު ނަސްރީ އެސްޓީއޯގެ ޚަދީޖާ މުހައްމަދު އާއި މަރިޔަމް ސައީދުގެ މައްޗަށް ކުރި ހޯދީ 3-1 އިންނެވެ. ޓައިގެ ފުރަތަމަ ސެޓް އެސް.ޓީ.އޯ އިން 21-10 އިން ކާމިޔާބުކުރި ނަމަވެސް ފަހު ދެސެޓު ފެނަކަ ޓީމުން ކާމިޔާބުކުރީ 21-17 އަދި 21-17 އިންނެވެ. މެޗުގެ މިކްސް ޑަބަލްސް އެސް.ޓީ.އޯ ޓީމުންވަނީ ދޫކޮށްލާފައެވެ. މެޗު ނިމުމާއެކު މުބާރާތް ނިނމުމުގެ ރަސްމިއްޔާތުވަނީ ބާއްވާފައެވެ.

ޗެމްޕިއަން ޓީމަށް15،000 (ފަނަރަ ހާސް) ރުފިޔާ އަދި ރަނާރ އަޕް ޓީމަށް 10،000 (ދިހަ ހާސް) ރުފިޔާ ލިބިގެންދާ މި މުބާރާތުގެ އެހެނިހެން މަގާމުތަކަށް ބަލާއިރު މެންސް ޑަބަލްސް ބެސްޓް ޕެއާރ އަކީ ފެނަކަ ޓީމުގެ އަބްދުﷲ ނާސިރު އަހްމަދު އާއި އަލީ މަސީހް އެވެ. ވިމެންސް ޑަބަލްސް ބެސްޓް ޕެއާރ އަކީ ފެނަކަ ޓީމުގެ އައިޝަތު އިބްރާހިމް އާއި އައިމިނަތު ނަސްރީއެވެ. މުބާރާތުގެ މިކްސް ޑަބަލްސް ބެސްޓް ޕެއަރ އަކީ ޓީމް އެމް.ޓީ.ސީ.ސީގެ ހަސަން ރިޔާޒު އާއި މަފާޒާ ނިޒާމްއެވެ. މުބާރާތުގެ ބެޑްމިންޓަން ކުއީންއަކީ އެސް.ޓީ.އޯ އާރު.ސޯގެ ޚަދީޖާ މުޙައްމަދު އެވެ. އަދި ބެޑްމިންޓަން ކިންގްއަކީ ފެނަކަ ޓީމުގެ އަބްދުﷲ ނާސިރު އަޙްމަދުއެވެ.

ޙިއްޞާ ކުރާ:

ފޮލޯ ކުރައްވާ