
ފުވައްމުލައް އެކޯކްރޫ ކޭމްޕް ކާމިޔާބުކަމާއެކު ނިންމާލައިފި
އޯޕަން ގަވަރމެންޓް ޕާރޓްނާޝިޕްގައި ސައުތް އޭޝިއާއިން ބައިވެރިވެފައިވާ ހަމައެކަނި ސިޓީއަކީ ފުވައްމުލައްސިޓީއެވެ. މި ޕާޓްނާޝީޕްގެ އެއް ކޮމްޕޯނެންޓަކީ ތިމާވެއްޓާ ގުޅުންހުރި ކަންކަމުގައި އެންމެން ބައިވެރިވާ ނިޒާމެއް ގާއިމްވެފައި އޮތުމެވެ. މިކަންހާސިލް ކުރުމައްޓަކައި ފުވައްމުލައް ސިޓީކައުންސިލުން ވިސްނާފައިހުރި ކަންކަމަށް ރިއާޔަށްކޮށް ތައްޔާރުކުރެވިގެން އައި ޕްރޮޖެކްޓެއްގެ ތެރެއިން ބޭއްވިގެންދިޔަ މި ކޭމްޕް ކުރިޔަށް ގޮސްފައިވަނީ ބުރާސްފަތި ދުވަހު ހަވީރުން ފެށިގެން ހޮނިހިރު ދުވަހުގެ ނިޔަލަށެވެ. މިކޭމްޕެގެ މައިގަނޑު މަގްސަދަކީ ފުވައްމުލަކަށް ދިމާވާ މޫސުމީ އަދި ތިމާވެށީގެ އެކި ކަންކަން ބަލަހައްޓާ މޮނިޓާރކުރާނެ ގާބިލުކަމާއި ހުނަރު ހުރި ޒުވާނުންތަކެއް ފުވައްމުލަކުން އުފެއްދުމެވެ. މިކޭމްޕްގައި 16 އަހަރާ 25 އަހަރާ ދެމެދުގެ 22 ފަރާތަކުން ވަނީ ބައިވެރިވެފައެވެ.
ފުވައްމުލައް ސިޓީކައުންސިލްގެ އިސްނެގުމާއެކު، އައިލެންޑް ފިއުޗާސް ލެބް އިން ކުރިޔަށްގެންދިޔަ ޕްރޮޖެކެޓެއްގެ ތެރެއިން ބޭއްވިގެންދިޔަ މި އެކޯކޭމްޕްގެ ބައިވެރިންނަށް ކުރިޔަށް ގެންދުވުނު ބައިތަކުގެ ތެރޭގައި މޫސުމީ ބަދަލަކީ ކޮބައިކަން ކިޔައި ދިނުމާއި ޕްލެނެޓްރީ ބައުންޑްރީސްތަކާ މި ބައުންޑްރީސްތަކަށް އަންނަމުންދާ ބަދަލު ކިޔައި ދެވިފައިވެއެވެ. މީގެ އިތުރުން ވެށި ނުސާފްވުމާއި މޫސިމީ ބަދަލު އަދި ގުދުރަތީ ދިރުންތައް ނެތިގެންދިޔުމާއި މިފަދަ ކަންކަމުން ދިމާވާއެކި ކަންކަމާއިގުޅޭ ގޮތުން މައުލޫމާތު ދެވިފައިވެއެވެ. އަދި މިކަންކަމާއި ފުވައްމުލަށްފަދަ ސިޓީ ނުވަތަ ރަށްރަށާ ހުރިގުޅުމަކީ ކޮބައިކަންވެސް ކިޔައި ދެވިފައިވެއެވެ.
އައިލެންޑް ފިއުޗާސް ލެބްގެ މެނޭޖިން ޕާޓްނަރ ނަޝީތް ތޯހާ މާއިރިއާ ވާހަކަ ދައްކަމުން ވިދާޅުވީ މި ކޭމްޕަގެ އެންމެ މުހިންމު ބައެއްގެ ގޮތުގައި ކުރިޔަށް ގެންދެވިފައިވާނީ ގުދުރަތީގޮތުން އަންނަ ބަދަލްތަށް އެކި ޓޫލްސްތަކުގެ އެހީގައި މިން ކުރާނެ ގޮތްތަކެއް ދަސްކޮށް ދިނުންކަމަށެވެ. އެގޮތުން ބީޗް މޮނިޓަރ ކުރުމަށްޓަކައި ބީޗް ޕްރޮފައިލްއެއް ހަދާނެގޮތް ކިޔައިދެވިފައިވާނެ ކަމަށާއި މީގެއިތުރުން ފުވައްމުލަކުގައި ހެދިފައިވާ ގަސްތައް މޮނިޓާރ ކުރުމައްޓަކައި ވެޖިޓޭޝަން މޮނިޓަރިން ކިޔައިދެވިފައިވާނެއެވެ. އަދި ފުވައްމުލަކުގައި އެއްވެސް ގަހެއް މިހައިތަނަށް ޓެގްކުރެވިފައި ނެއްކަމަށާއި މި ކޭމްޕްގެ ތެރެއިން ގަސް ޓެގްކުރާނެގޮތާއި ޓެގިން ސިސްޓަމެއ އެކުލަވާލާނެ ގޮތްވެސް ކިޔައި ދެވިފައިވާނެކަމަށް ނަޝީތު ވިދާޅުވިއެވެ. އަދި މޫސުމީ ބަދަލު ވަޒަންކުރެވޭ އެންމެ ބޮޑުއެއްކަމަކީ ސޫފާ ސޫފީގެ އާބާދީއަށާއި އެތަކެއްޗަށް ޖުމަލަކޮށް އަންނަ ބަދަލުންނެވެ. އެހެންކަމުން އިންސެކްޓް މޮނިޓަރިން އެއް ހިންގާނެގޮތްވެސް މި ކޭމްޕްގެ ބައިވެރިންނަށް ކިޔައި ދެވިފައިވެއެވެ. މީގެ އިތުރން ނޭޗާރ ބޭސްޑް ސޮލިއުޝަން އާއި ހަޒާޑް މޮނިޓަރިންވެސް ކިޔައިދެވިފައިވާކަމަށް މައުލޫމާތު ލިބެއެވެ.
ނަޝީތު އިތުރަށް ވިދާޅުވީ މިވޯކްޝޮޕްގެ ބައިވެރިން ކުރިޔަށް އޮތްތަނުގައި އެކޯ ކްރޫއިންގެ ގޮތުގައި ކައުސިލާއިއެކު މަސައްކަތްކުރާނެ ބަޔަކަށްވެގެންދާނެކަމަށެވެ. މިހަރަކާތް ކާމިޔާބު ކަމާއެކު ނިންމާލުމުގައި ސިޓީކައުސިލާއި ކައުންސިލްގެ މުވައްޒަފުން ދެއްވި އެއްބާރުލުން އޭނާ ފާހަގަކޮށްފައިވެއެވެ.
