ޓްރެންޑިންގLoading...
Logo
ސިޓީކައުންސިލް ވެޓެރެންސް ފުޓްސެލް މުބާރާތް 2026 އަންނަ ބުރާސްފަތި ދުވަހު ފަށަނީ
ކުޅިވަރު

ސިޓީކައުންސިލް ވެޓެރެންސް ފުޓްސެލް މުބާރާތް 2026 އަންނަ ބުރާސްފަތި ދުވަހު ފަށަނީ

August 31, 2026ކިފާހް33

ފުވައްމުލައް ސިޓީކައުންސިލްގެ މިއަހަރު ކުޅިވަރުކަލަނޑަރުގައި ހިމެނޭ މުބާރާތްތަކުގެތެރެއިން ވެޓެރެންސް ފުޓްސެލް މުބާރާތް 2026 އަންނަ ބުރާސްފަތި ދުވަހު ފަށާނެއެވެ. ފުވައްމުލަކުގެ އަވަށްތަކާއި ފުވައްމުލަކަށް ނިސްބަތްވާ ކްލަބް ޖަމްއީޔާ ޖަމާއަތްތަކަށް ހުޅުވާލައިގެން ބާއްވާ މި ފުޓްސެލް މުބާރާތުގައި ހަތް ޓީމަކުން ބައިވެރިވެފައިވެއެވެ. މި މުބާރާތުގައި ކުޅެވޭނީ މުބާރާތް ފެށުމަށް ހަމަޖެހިފައިވާ ތާރީޚާއި ހަމަޔަށް މީލާދީ ސަނަތުން އުމުރުން 40 އަހަރު ފުރިފައިވާ ފިރިހެނުންނަށެވެ.

މިފަދަ މުބާރާތެއް އިންތިޒާމް ކުރުމުގެ މަގްސަދަކީ ފުވައްމުލަކުގައި ފުޓްސެލްގެ ރޫހު އާލާކޮށް އުމުރުން ދުވަސްވީ މީހުން ރަނގަޅު ސިއްޙަތެއްގައި ތިބުމަށް ކަސްރަތުގެ މާހައުލައް އަހުލުވެރި ކުރުވުން ކަމުގައި ފުވައްމުލައްސިޓީ ކައުންސިލުން މައުލޫމާތު ދެއެވެ. މި އަހަރުގެ މުބާރާތުގައި ބައިވެރިވެފައިވާ ޓީމުތަކަކީ ދޫނޑިގަން، މާލެގަން ސްޕޯޓްސް ކްލަބް، ޔުނައިޓެޑް ދިގުވާނޑު، ޑީ.އެސް.އާރު.ސީ މިސްކިއްމަގު އެންމެންގެ ގުޅުން އަދި އެކުވެރިފުނާޑެއެވެ. ދެ ގްރޫޕަކަށް ބަހާލައިގެންކުޅޭ މި މުބާރާތުގެ ގްރޫޕް އޭގައި ހިމެނޭ ޓީމުތަކަކީ ދޫނޑިގަން މާލެގަމް ސްޕޯޓްސް އަދި ޔުނައިޓެޑް ދިގުވާނޑެވެ. ގްރޫޕް ބީ ގައި ހިމެނެނީ ޑީ.އެސް.އާރު.ސީ، މޭރެބޮލް، މިސްކިއްމަގު އެންމެންގެ ގުޅުން އަދި އެކުވެރި ފުނާޑެވެ.

ކޮންމެ ގްރޫޕަކުންވެސް އެންމެ ގިނަ ޕޮއިންޓް ހޯދާ ދެ ޓީމެއް ކްރޮސްކޮށް ސެމީފައިނަލް ކުޅޭގޮތަށް ރޭވިގެން ކުރިޔަށްދާ މި މުބާރާތުގެ މެޗުތައް ކުޅުމަށް ހަމަޖެހިފައިވަނީ ފުވައްމުލަކު މާދަޑު ފުޓްސެލްދަނޑުގައެވެ. ތިނެއް ސެޕްޓެމްބަރ 2026 ވާ ބުރާސްފަތި ދުވަހުގެ ރޭ މުބާރާތުގެ ފުރަތަމަ މެޗުގައި ބައްދަލުކުރާނީ ގްރޫޕް އޭ ގެ ދޫނޑިގަން އަދި މާލެގަން ސްޕޯޓްސް ކްލަބެވެ. މި މެޗުފެށޭ ގަޑިއަކީ 20:30 އެވެ. އެރޭގެ ދެވަނަ މެޗު 21:30 ގައި ފެށުމަށް ހަމަޖެހިފައިވާއިރު މި މެޗުގައި ބައްދަލުކުރާނީ ޑީ.އެސް.އާރު.ސީ އަދި މޭރެބޮލެވެ. މުބާރާތުގެ ޗެމްޕިއަންޓީމަށް 20،000 (ވިހި ހާސް ރުފިޔާ) އަދި ރަނަރއަޕް ޓީމަށް 10،000 (ދިހަ ހާސް) ރުފިޔާގެ ފައިސާގެ އިނާމެއް ލިބިގެންދާނެއެވެ.

ޙިއްޞާ ކުރާ:

ފޮލޯ ކުރައްވާ