
ޚަބަރު
ފުވައްމުލައްސިޓީ ޑިޒާސްޓަރ މެނޭޖްމެންޓް ކޮމިޓީ އިފްތިތާޙްކޮށްފި
September 2, 2026ކިފާހް16
ފުވައްމުލައް ސިޓީގެ ޑިޒާސްޓަރ މެނޭޖްމެންޓް ކޮމިޓީ އިފްތިތާޙްކޮށްފިއެވެ. މި ކޮމިޓީ އިފްތިތާޙްކޮށްފައިވަނީ އިއްޔެ ހެނދުނު ފުވައްމުލައް ސިޓީ ކައުންސިލްގެ "ކުރުނދުމާ" މާލަމުގައި ބޭއްވި ޚާއްޞަ ހަފްލާއެއްގައެވެ.
މިއީ ކާރިސާއެއް ދިމާވާ ވަގުތުތަކުގައި ފުވައްމުލަކުގައި ގާއިމުވެތިބި ދައުލަތުގެ މުއައްސަސާތައް ގުޅިގެން މަސައްކަތްކުރެވޭނެ މަގު ފަހިކުރުމުގެ މުހިންމު ބޭނުމުގައި އެކުލަވައިލި ކޮމިޓީއެކެވެ. މި ކޮމިޓީގެ ޗެއާރއަކީ ފުވައްމުލައް ސިޓީ މޭޔަރު އިސްމާއީލް ރަފީޤެވެ.
މި ކޮމިޓީއަކީ ކާރިސާގެ ހާލަތްތަކުން އަރައިގަތުމަށް ކުރެވޭ އެންމެހައި މަސައްކަތްތަކުގައި ގޮތް ނިންމުމާއި، އެ މަސައްކަތްތައް އެންމެ އިސްކޮށް ރާވައި ހިންގާނެ މައި ޓީމެވެ. އަދި މި ކޮމިޓީގައި ކޮންމެ މުއައްސަސާއެއްގެ ފަރާތުންވެސް ތަމްސީލުކުރައްވާނީ އެ މުއައްސަސާއެއްގެ އެންމެ އިސްވެރިޔާއެވެ.
ޙިއްޞާ ކުރާ:
