
ފުވައްމުލަކުގައި ހޭންޑްބޯޅަ ކޯޓަކާއި ފުޓްސަލް ދަނޑެއް އެޅުމުގެ އެއްބަސްވުމުގައި ސޮއިކޮށްފި
ފުވައްމުލަކުގައި ހޭންޑްބޯޅަ ކޯޓަކާއި ފުޓްސަލް ކޯޓެއް އެޅުމުގެ އެއްބަސްވުމުގައި ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވުޒާރާއިން އަމިއްލަ ކުންފުއްޏެއް ކަމަށްވާ ޕްރޮކްސީ ގްރޫޕާއި ހަވާލުކޮށް މަސަސްކަތުގެ އެއްބަސްވުމުގައި މިއަދު ސޮއިކޮށްފިއެވެ.
މިއެއްބަސްވުމުގައި ސޮއިކޮށްފައި ވަނީ މިއަދު ހެނދުނު ކުޅިވަރާއި ހަށިހެޔޮކަމާއި ބެހޭ ވުޒާރާގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައެވެ. މު އެއްބަސްވުމުގައި ކުޅިވަރާއި ބެހޭ ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ އެވުޒާރާގެ ޑެޕިއުޓީ މިނިސްޓަރ އަލީ ނިޒާރުއެވެ. އަދި ޕްރޮކްސީ ގްރޫޕް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރ އަހްމަދު ޝާހިދުއެވެ.
ޖުމްލަ އަގު ހަތަރު މިލިއަނަށް އަރާ މިދެދަނޑުގެ މަސައްކަތް ޕްރޮކްސީއާއި ހަވާލުކޮށްފައިވަނީ 90 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށެވެ.
މި އެއްބަސްވުމުގެ ދަށުން ޕްރޮކްސީއިން ފުވުއްމުލަކު ދަޑިމަގު އަވަށުގައި އަޅާ ހޭންޑްބޯލް ކޯޓު އަގަކީ އެއްމިލިއަން ނުވަލައްކަ ނުވަދިހަ ހަތްހާސް ފަސްސަތޭކަ ނުވަދިހަ ފަސްރުފިޔާ ހަތްދިހަ އެއްލާރިއެވެ. އަދި ހޯދަޑު އަވަށުގައި އަޅާ ފުޓްސަލް ދަނޑު އަގަކީ ދެމިލިއަން ހަތްދިހަ ނުވަހާސް ތިންސަތޭކަ އަށްޑިހަ ހަތަރު ރުފިޔާ ހަތްދިހަ އެއްލާރިއަށެވެ.
