
ކުޅިވަރު
ފުވައްމުލައް ސިޓީ ކައުންސިލް ވެޓެރެންސް ފުޓްސަލް މުބާރާތް: ފޯރިގަދަ މެޗުތަކަކަށްފަހު ގްރޫޕް ސްޓޭޖުގެ ފަހު މެޗުތައް މިރޭ
September 6, 2026ކިފާހް33
ދެ ގްރޫޕަކަށް ބަހާލައިގެން ކުރިއަށްދާ ފުވައްމުލައް ސިޓީ ކައުންސިލް ވެޓެރެންސް ފުޓްސަލް މުބާރާތުގެ ގްރޫޕް ސްޓޭޖުގައި މިހާތަނަށް ފޯރިގަދަ މެޗުތަކެއް ވަނީ ކުޅެވިފައެވެ.
މެޗުތަކުގެ ނަތީޖާތައް
- މެޗު 1: ދޫނޑިގަން ނުވައެއް މާލެގަން ސްޕޯޓްސް ކްލަބް ސުމެއް މުބާރާތުގެ ފުރަތަމަ މެޗުގައި ދޫނޑިގަން ޓީމުން ވަނީ 9-0 ގެ ތަފާތަކުން މާލެގަން ސްޕޯޓްސް ކްލަބް ބަލިކޮށްފައެވެ. މި މެޗުގައި ދޫނޑިގަމް ޓީމުގެ އަޙްމަދު މުބީން ހެޓްރިކެއް ހަދާފައިވާއިރު، މުޙައްމަދު ހަމްދޫނު އާއި ގާސިމް މުޙައްމަދު ކޮންމެ ކުޅުންތެރިއަކު ދެ ގޯލު ޖަހާފައިވެއެވެ. މީގެ އިތުރުން އެ ޓީމުގެ އަޙްމަދު ޝިފާއު އާއި އިބްރާހިމް މުޒައްމިލް ކޮންމެ ކުޅުންތެރިއަކު އެއް ގޯލު ޖަހާފައިވެއެވެ. މެޗުގެ މޮޅު ކުޅުންތެރިއަކީ ހެޓްރިކް ހެދި އަޙްމަދު މުބީންއެވެ.
- މެޗު 2: ޑީ.އެސް.އާރު.ސީ ފަހެއް މޭރެބޮލް ސުމެއް ދެވަނަ މެޗުގައި މޭރެބޮލްގެ މައްޗަށް ޑީ.އެސް.އާރު.ސީ އިން ކުރި ހޯދީ ފަސްލަނޑު ސުންލަނޑުންނެވެ. މި މެޗުގައި ޑީ.އެސް.އާރު.ސީގެ ޢަލީ އަޙްމަދު ތިން ގޯލާއެކު ހެޓްރިކެއް ހަދާފައިވާއިރު، ބާކީ ހުރި ގޯލްތައް ޖަހައިދިނީ އިބްރާހިމް އާގިސް މުޙައްމަދު އަދި އިބްރާހިމް އަޙްސަންއެވެ. ހެޓްރިކާއެކު މެޗުގެ މޮޅު ކުޅުންތެރިއާގެ މަގާމު ހޯދީ ޢަލީ އަހްމަދުއެވެ.
- މެޗު 3: މިސްކިތްމަގު އެންމެންގެ ގުޅުން ހަތަރެއް އެކުވެރި ފުނާޑު ސުމެއް ތިންވަނަ މެޗުގައި އެކުވެރި ފުނާޑުގެ މައްޗަށް މިސްކިތްމަގު އެންމެންގެ ގުޅުމުން ކުރި ހޯދީ ހަތަރުލަނޑު ސުންލަނޑުންނެވެ. މި މެޗުގައި މިސްކިތްމަގު ޓީމުގެ ގޯލްތައް ކާމިޔާބުކޮށްދިނީ ޙުސައިން ރަފީޢު، މުޙައްމަދު ނާފިޒް، އިބްރާހިމް އަކްރަމް އަދި ޢަބްދުﷲ އިމްރާންއެވެ. މެޗުގެ މޮޅު ކުޅުންތެރިއަކީ މިސްކިތްމަގު ޓީމުގެ އަޙްމަދު ނަޖާޙް ޢަލީއެވެ.
- މެޗު 4: ޔުނައިޓެޑް ދިގުވާނޑު އެކެއް މާލެގަން ސްޕޯޓްސް ސުމެއް ހަތަރުވަނަ މެޗުގައި މާލެގަން ސްޕޯޓްސްގެ މައްޗަށް ޔުނައިޓެޑް ދިގުވާނޑުން ކުރި ހޯދީ އެއްލަނޑު ސުން ލަނޑުންނެވެ އިންނެވެ. މި މެޗުގެ ހަމައެކަނި ގޯލު ދިގުވާނޑު ޓީމަށް ކާމިޔާބުކޮށްދިނީ ޢަބްދުލް ހަމީދު އިބްރާހީމެވެ. އަދި މެޗުގެ މޮޅު ކުޅުންތެރިޔަކީވެސް ޢަބްދުލް ހަމީދުއެވެ.
- މެޗު 5: ޑީ.އެސް.އާރު.ސީ ތިނެއް އެކުވެރި ފުނާޑު ސުމެއް ފަސްވަނަ މެޗުގައި ޑީ.އެސް.އާރު.ސީ އިން އެކުވެރި ފުނާޑުގެ މައްޗަށް ކުރި ހޯދީ ތިންލަނޑު ސުންލަނޑުންނެވެ. މި މެޗުގައި އިބްރާހިމް އަޙްސަން ވަނީ ޑީ.އެސް.އާރު.ސީއަށް ދެ ގޯލު ކާމިޔާބުކޮށްދީފައެވެ. އެ ޓީމުގެ އަނެއް ގޯލް ޖަހައިދިނީ މުޙައްމަދު ފާރިސްއެވެ. މެޗުގެ މޮޅު ކުޅުންތެރިއަކީ ދެ ގޯލު ކާމިޔާބުކޮށްދިން އިބްރާހިމް އަޙްސަންއެވެ.
- މެޗު 6: މިސްކިތްމަގު އެންމެންގެ ގުޅުން ހަތަރެއް މޭރެބޮލް އެކެއް ހަވަނަ މެޗުގައި މޭރެބޮލްއާ ބައްދަލުކޮށް މިސްކިތްމަގު އެންމެންގެ ގުޅުމުން މެޗު ކާމިޔާބުކުރީ ހަތަރު ލަނޑު އެއް ލަނޑުންނެވެ. މި މެޗުގައި މިސްކިތްމަގު ޓީމަށް އާސިފް އިބްރާހީމް ދެ ގޯލު ޖެހިއިރު، އަނެއް ދެ ގޯލު ޖެހީ ޙުސައިން ރަފީޢު އާއި މުޙައްމަދު ނަޖާޙް ޢަލީއެވެ. މޭރެބޮލް ޓީމުގެ ހަމައެކަނި ގޯލު ޖެހީ އެ ޓީމުގެ ޢުބައިދުﷲ މުޙައްމަދެވެ. މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދީ މިސްކިތްމަގު ޓީމަށް ދެ ގޯލު ކާމިޔާބުކޮށްދިން އާސިފް އިބްރާހީމެވެ.
މިރޭ ކުޅެވޭ ގްރޫޕް ސްޓޭޖުގެ ފަހު މެޗުތައް
މުބާރާތުގެ ގްރޫޕް ސްޓޭޖުގެ ފަހު މެޗުތައް މިރޭ ކުޅުމަށް ވަނީ ހަމަޖެހިފައެވެ. އެގޮތުން:
- ދޫނޑިގަން ޓީމު ނިކުންނާނީ ޔުނައިޓެޑް ދިގުވާނޑާ ދެކޮޅަށެވެ.
- މޭރެބޮލް ނިކުންނާނީ އެކުވެރި ފުނާޑާ ދެކޮޅަށެވެ.
- ޑީ.އެސް.އާރު.ސީ ނިކުންނާނީ މިސްކިތްމަގު އެންމެންގެ ގުޅުމާ ދެކޮޅަށެވެ.
ޙިއްޞާ ކުރާ:
