
ބަންގްލަދޭޝް ހައި ކޮމިޝަންގެ ޓީމެއް ސެޕްޓެމްބަރު 11 އިން 12 އަށް ފުވައްމުލަކަށް ޒިޔާރަތްކުރަނީ
ދިވެހިރާއްޖޭގައި ހުންނަ ބަންގްލަދޭޝް ހައި ކޮމިޝަންގެ ޚާއްސަ ޓީމެއް ފުވައްމުލައް ސިޓީއަށް ޒިޔާރަތްކޮށް، އެ ޤައުމުގެ ރައްޔިތުންނަށް ކޮންސިއުލަރ ޚިދުމަތްތައް ދިނުމަށް ހަމަޖެހިފައިވާކަން ހައި ކޮމިޝަނުން ހާމަކޮށްފިއެވެ.
މި ހިނގާ ސެޕްޓެމްބަރ 11 އިން 12 އަށް ކުރިއަށްދާ މި ޒިޔާރަތުގައި، ފުވައްމުލަކުގައި ދިރިއުޅޭ ބަންގްލަދޭޝް ރައްޔިތުންނަށް އަމާޒުކޮށްގެން މުހިންމު ޚިދުމަތްތަކެއް ފޯރުކޮށްދިނުމަށް ވަނީ ނިންމާފައެވެ.
ފޯރުކޮށްދޭ ކޮންސިއުލަރ ޚިދުމަތްތައް:
- އީ-ޕާސްޕޯޓް: ޕާސްޕޯޓާ ގުޅޭ އެޕްލިކޭޝަންތައް ބަލައިގަނެ ޕްރޮސެސްކުރުން.
- ލިޔެކިޔުންތައް އެޓެސްޓްކޮށް ދިނުން: ޕަވަރ އޮފް އެޓަރނީ އަދި އެފިޑެވިޓް އެޓެސްޓްކޮށްދިނުން.
- ޕޮލިސް ކްލިއަރެންސް: ޕޮލިސް ކްލިއަރެންސް ސެޓްފިކެޓް އެޓެސްޓްކުރުމުގެ ޚިދުމަތް.
- މެމްބަރޝިޕް ކާޑު: ވޭޖް އާނަރސް ވެލްފެއަރ ބޯޑުގެ މެމްބަރޝިޕް ކާޑާ ގުޅޭ ޚިދުމަތްތައް.
ޚިދުމަތް ހޯދުމަށް ސަމާލުކަންދޭންވީ ކަންކަން:
މި ޚިދުމަތްތައް ހޯދުމަށް ބޭނުންވާ ފަރާތްތަކުން އޮންލައިންކޮށް ފުރާފައިވާ އެޕްލިކޭޝަން ފޯމާއި، ބޭނުންވާ ލިޔެކިޔުންތަކާއި އަދި ފީއާއެކު 11-12 ސެޕްޓެމްބަރު 2026 ގައި ފުވައްމުލައް ސިޓީ ކައުންސިލްގެ ކުރުދުމާ މާލަމަށް ހާޒިރުވުމަށް އެދިފައިވެއެވެ. އަދި މި ކަމާ ގުޅޭގޮތުން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ބޭނުންވާ ފަރާތްތަކުން +960 9869766 އަށް ގުޅުއްވުމަށް ހައި ކޮމިޝަނުން އާންމުކޮށްފައިވާ ޕޯސްޓުގައި އެދިފައިވެއެވެ.
